ރައީސް ޔާމީން މަސްވެރިންނަށް: އަޅުގަނޑުމެންނަކީ ރައްޔިތުން ގުނބޯ ހައްދާނެ ބައެއް ނޫން

ޕީޕީއެމް ޕީއެންސީއަކީ ރައްޔިތުން ގުނބޯ ހައްދާ ބައެއް ނޫންކަމުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅ...

16 Oct 2022 | 02:38

ޕީޕީއެމް ޕީއެންސީއަކީ ރައްޔިތުން ގުނބޯ ހައްދާ ބައެއް ނޫންކަމުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަމާބެހޭ ކަރުދާހެއް އެކުލަވާލަމުން އަންނަކަމަށާއި އެ ކަރުދާހަކީ ކުލަޖެހިގެންދާނެ، އުންމީދުތަކަށް ވާސިލުވާނެ ކަރުދާހެއް ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުން ގުނބޯ ހައްދާ ބައެއް ނޫން، ރައްޔިތުންނަކީ ތަނަވަސް ވިސްނުމަކން ވިސްނާ ބައެއްކަން ގަބޫލުކުރާ ބައެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަފުޅަށްފަހު ރައީސް ޔާމީން ވިދާޅުވީ އެ ވާހަކަފުޅަކީ ވޯޓު ހޯދުމުގެ ނިޔަތުގައި ދައްކާ ވާހަކައެއް ނޫންކަމަށެވެ. އަދި އެއަށްފަހު އެ ރަށަށާއި ޖުމްލަކޮށް މަސްވެރިންނަށް ބޮޑެތި ވައުދުތަކެއްވެސް ވެ ވަޑައިގެންނެވިއެވެ.

"ތެލުގެ އަގު މިގޮތަށް ބޮޑުކޮށް އޮންނަކަމުގައިވާނަމަ ކިލޯއެއް 20 ރުފިޔާއަށް ގަންނާނަން" ރައީސް ޔާމީން ވިދާޅުވިއެވެ

މީގެ އިތުރުން އިހަވަންދޫގައި އައިސްޕްލާންޓެއް އަޅުއްވައިދެއްވާނޭކަމާއި ޑީސަލް ރަށުން ލިބޭން އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށާއި މަގު ހެދުމުގަ އެންމެ އިސްކޮށް ނަގާ ފަސް ރަށުގެ ތެރޭގައި އިހަވަންދޫ ހިމަނުއްވާނެކަމުގެ ވައުދު ރައީސް ވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް