ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ފައިދާ ހުރި ކާއެއްޗެހި ބޭނުންކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެގޮތުން ސާގު ފަނި ނުވަތަ ސާގު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮންމެ ކެއުމަކީ ނުވަތަ ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭނެ އެއްޗެކެވެ.
ސާގަކީ ޒަމާނުއްސުރެ ދިވެހިން މެދުގައި ވަރަށް މަޝްޙޫރު ބަވަތެކެވެ. އެކި ބާވަތުގެ ކާތަކެތި ތައްޔާރުކުރުމަށް ސާގު ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ސާގު ބޮނޑިބަތާއި، ސާގު ފަނި ފަދަ ވައްތަރުތައް އާނުްމުކޮށް ތައްޔާރުކޮށް އުޅެއެވެ.
ސާގަކީ ސިއްޚަތައް ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތަކަށް ވާއިރު، ސާގު ބޭނުން ކުރުމުން ލޭގައި ކޮލެސްޓްރޯލް މަތިވުމާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާ ހޯދުންތަކުން އެނެގެއެވެ.
ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އާންމުކޮށް ސާގު ނުކާ މީހުންނަށް ވުރެ، ސާގު ކާ މީހުންގެ ކޮލެސްޓްރޯލް އާއި ޓްރައިގްލިސެރައިޑްގެ މިންވަރު ބޮޑުތަނުން ދަށެވެ.
މީގެ އިތުރުން ސާގު އަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށާއި ސާގުގައި ގިނަ އަދަކަށް ކާބޯ ހައިޑްރޭޓް އެކުލެވިގެންވާކަމަށް ދިރާސާވެރިން ބުނެފައިވެއެވެ.
ސާގުގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ހިމެނިފައިވުމުން މިއިން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ހަށިގަނޑަށް ފިނި ކަމާއި ތާޒާކަން ގެނުވައިދެއެވެ. ސާގަކީ ވަރަށް ފަސޭހައިން ހަޖަމް ވާ އެއްޗަކަށް ވުމުން ބަނޑަށް ދިމާވާ ތަފާތު މައްސަލަ ތަކުން ސާގު ބުއިމުން ދުރު ކޮށްދެއެވެ.
100 ގްރާމްގެ ސާގުގައި 355 ކެލޮރީސް ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 94 ގްރާމްގެ ކާބޯހައިޑްރޭޓްސް، 05 ގްރާމްގެ ފައިބަރ، 0.2 ގްރާމް ޕްރޮޓީން އަދި 10 މިލި ގްރާމް ކެލްޝިއަމްއެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް