ބަލްކް ކެރިއައެއްގައި ޞިއްޙީ ހާލު ދެރަވި ބޭރު ފަޅުވެރިޔަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ބަލްކް ކެރިއައެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މޮރިޝަޝްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ "އެމްވީ ލޭޑީ މި...

16 Oct 2022 | 00:57

ބަލްކް ކެރިއައެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޮރިޝަޝްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ "އެމްވީ ލޭޑީ މިރާފް" ނަމަކަށް ކިޔާ ބަލްކް ކެރިއަރއެއްގައި ހުރި އުމުރުން 27 އަހަރުގެ ފިރިހެން ފަޅުވެރިއެއް ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ހެނދުނު 07:00 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ބަލްކް ކެރިއަރ، އައްޑު އަތޮޅު ގަމުގެ އުތުރުން ގާތްގަނޑަކަށް ތިން މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ 23:25 ހާއިރު ބަލްކްކެރިއަރ އޮތް ސަރަހައްދަށް ގޮސްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ބޯޓުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިރޭ (2022-10-16) 00:15 ހާއިރު ވަނީ ގެންގޮސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް