ސިއްރު ހެކިބަސް ނުނަގަން ނިންމައި، އަޑު އެހުންތައް ނިންމާލައިފި

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި ސިއްރު ހެކިބަސް ނުނެގުމަށް ނިންމައި އަޑުއެހުންތައް ނިންމާލައ...

16 Oct 2018 | 07:36

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި ސިއްރު ހެކިބަސް ނުނެގުމަށް ނިންމައި އަޑުއެހުންތައް ނިންމާލައިފިއެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި. އެކަމާ މެދު ގޮތެއް ނިންމަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެ މައްސަލައިގައި ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.

ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމުމާ އެކު، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ޚުލާސާކޮށް ވާހަކަ ދައްކަވަން ފުުރުސަތު ދެއްވުމަށް ފަހު، އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް