ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ކޯޓަށް ދިޔައީ މަޖުބޫރުވެގެން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައަކަވަމުންނެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިހާން ރޭ ވިދާޅުވެފައިވަނީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ކޯޓަށް ދިޔައީ ރައްޔިތުންގެ ޝަކުވާތަކުގެ ސަބަބުން ކަމަށާއި. އިންތިހާބު ބާތިލުކުރުމަށް ސުޕްރީމު ކޯޓަށް މައްސަލަ ހުށަހެޅީ އެ މައްސަލައަށް އެންމެ އަވަސްފަރުވާ އެއް ލިބެން އޮތީ އެ ކޯޓުން ކަމަށް ވާތީ ކަމަށެވެ.
އިންތިހާބު އޮޅުވާލަފާނެ ކަމުގެ ވާހަކައާއި އިންތިހާބަށް ނުފޫޒު ފޯރުވާފަދަ ވާހަކަތައް ދެއްކީ އިދިކޮޅުން ކަމަށް ވެސް ނިހާން ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރުމުގެ މައްސަލައިގެ 2 އަޑުއެހުން މިހާތަނަށް ބާއްވާފައިވެއެވެ. މިއަދު ކުރިއަށް އެ ދަނީ މި މައްސަލައިގެ ފަހު އަޑުއެހުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް