ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އިސް އޮފިސަރަކު އިންޑޮނޭޝިއާއަށް ފުރައިފިއެވެ.
ފުލުހުން ބުނެފައިވަނީ، ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ( ޖޭސްލެކް) ގެ ފަރާތުން އިންޑޮނީޝިއާގެ ސެމަރަންގްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ” ރީޖަނަލް އެގްޒެކިއުޓިވް ލީޑަރޝިޕް” ޕްރޮގްރާމްގައި ބައިވެރިވުމަށް އިއްޔެގެ ވަގުތެއްގައި އިންޑޮނޭޝިއާއަށް ގޮސްފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކަމަށެވެ.
އޮކްޓޯބަރ 15 ން 26 އަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި، ޒަމާނީ ލޯ އެންފޯސްމަންޓާ ގުޅުންހުރި މައްސަލަތައް މެނޭޖްކުރުމަށްޓަކައި ބޭނުންވާނެ ލީޑަރޝިޕްގެ ހުނަރުތަކާއި މުއައްސަސާއެއް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ބޭނުންވާނެ ލީޑަރޝިޕް ސްކިލްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް