ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފުލުހަކު މެލޭޝިޔާއަށް ފުރައިފި

ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު މެލޭޝިޔާއަށް ފުރައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައު މާކަސް އިވާންސް އިވެންޓްސްގެ ފަރާތުން މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗީފް ފައިނޭންޝިއ...

16 Oct 2018 | 05:59

ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު މެލޭޝިޔާއަށް ފުރައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައު މާކަސް އިވާންސް އިވެންޓްސްގެ ފަރާތުން މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗީފް ފައިނޭންޝިއަލް އޮފިސަރސް ރިވޮލިއުޝަން ވޯކްޝޮޕްގައި ބައިވެރިވުމަށް، އިއްޔެގެ ވަގުތެއްގައި މެލޭޝިއާއަށް ގޮސްފައިވަނީ  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ހަނީފްއެވެ.

އޮކްޓޯބަރ 17ން 18ށް ކުރިއަށްދާ މިވޯކްޝޮޕްގައި، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފައިނޭންސް އޮޕަރޭޝަންސްތައް ކުރިއަށްގެންދާނެގޮތާއި އަދި މިފަދަ އިކޮނޮމީއެއްގައި ފައިނޭންސް ސްޓްރެޖަޑީ ކުރާނެގޮތް ދެނެގަތުމަށް ހަމަޖެހިފައިވާކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް