މައްސަލައިގެ އަޑުއެހުމަށް އެންމެ ފަހުން މަހުލޫފް ވައްދައިފި

އިންތިހާބީ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވެންނެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ސުޕްރީމް ކޯޓް ސަރަހައްދު ކިއުގައި ހުންނަވަނިކޮށް، ޕީޕީއެމް ބަޔަކު އޭނާ ބޭރުކުރި ނަމަވެސް ފަ...

16 Oct 2018 | 05:39

އިންތިހާބީ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވެންނެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ސުޕްރީމް ކޯޓް ސަރަހައްދު ކިއުގައި ހުންނަވަނިކޮށް، ޕީޕީއެމް ބަޔަކު އޭނާ ބޭރުކުރި ނަމަވެސް ފަހުން މައްސަލަ ބެލުމަށްފަހު މަހްލޫފު ދެންމެއަކު އަޑުއެހުމަށް ވައްދައިފިއެވެ.

ޓްވިޓާގައި މަހްލޫފު ވިދާޅުވެފައިވަނީ އޭނާ އަޑުއެހުމަށް ވައްދާފައިވަނީ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ.

މަހުލޫފް ވިދާޅުވެފައި ވަނީ ރޭގައި ކިއުއަށް ނޭރިކަމުގައި ވިނަމަވެސް، ބަދަލުގައި މޭހަކު ފޮނުވާފައިވާނެ ކަމަށެވެ.

އިންތިހާބީ މައްސަލައިގެ މިއަދުގެ އަޑުއެހުން ފަށާފައި ވާއިރު، ޕީޕީއެމް މީހުން ވަނީ ރެއިން ފެށިގެން ސުޕްރީމް ކޯޓް ސަރަހައްދުގައި ކިއު ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް