އިންތިހާބީ މައްސަލަ: މިއަދު އޮތީ ފަހު އަޑުއެހުން – ސިއްރު ހެއްކާއިމެދު ގޮތެއް ނިންމާނެ

އިންތިހާބީ މައްސަލަ: މިއަދު އޮތީ ފަހު އަޑުއެހުން – ސިއްރު ހެއްކާއިމެދު ގޮތެއް ނިންމާނެ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގާ މިއަދު ފަހު އަޑުއެހުނ...

16 Oct 2018 | 04:19

އިންތިހާބީ މައްސަލަ: މިއަދު އޮތީ ފަހު އަޑުއެހުން – ސިއްރު ހެއްކާއިމެދު ގޮތެއް ނިންމާނެ

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގާ މިއަދު ފަހު އަޑުއެހުން ބާއްވާއިރު، ސިއްރު ހެކި ހުށަހެޅުމާއިމެދު މިއަދު ގޮތެއް ނިންމާނެއެވެ.

މިއަދު ނިންމާނެ އެންމެ ބޮޑު ނިންމުމަކަށް ވާނީ ސިއްރު ހެކި ބަލައިގަންނާނީތޯ ނުވަތަ ނޫންތޯއެވެ.

މިހާތަނަށް މި މައްސަލައިގެ ދެ އަޑުއެހުމެއް ބާއްވާފައިވާއިރު އާދީއްތަ ދުވަހުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވާފައިވެއެވެ. އިއްޔެގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ވަކީލުން ވިދާޅުވެފައިވަނީ ވޯޓު އޮޅުވާލުމުގައި ބޭނުން ކުރިކަމަށް ބުނާ އަނގޮޓިތައް އެތެރެކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި އެކަން ސާބިތު ކުރުމަށް ސިއްރު ތިން ހެއްކެއް ހުށަހަޅަން ބޭނުންވާކަމަށެވެ.

ހެކި ސިއްރުން ހުށަހަޅަނީ ކީއްވެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވަނީ އެއީ ރާއްޖޭގެ މިހާރު މަސްރަހު އޮތް ގޮތުން ކަމަށާއި ހެކިންނަކީ ކޮންބައެއްކަން އެނގިއްޖެނަމަ އެމީހުންގެ ފުރާނަޔަށް ނުރައްކާވެދާނެ ކަމަށެވެ.

ނަމަވެސް އިއްޔެ، ސިއްރު ހެކިންގެ ހެކިބަސް ބަލައިގަތުމާއިމެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އިއްޔެގެ އަޑުއެހުން ނިންމާލާފައިވަނީ އެކަމާއިމެދު މިއަދުގެ އަޑުއެހުމުގައި ގޮތެއް ނިންމާނެކަމުގައި އިއުލާނު ކުރަމުންނެނެވެ.

ދުސްތޫރީ މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް