ދެ ލޯބިވެރިޔަކު އަތުގުޅާލައިގެން ތިބޭ ގޮތަކުން ވަރަށް ވާހަކަ ބުނެދޭ ބުނުމުން ގަބޫލު ކުރެވޭތޯއެވެ. މިކަމަށް ބޮޑެތި ދިރާސާތައް ހަދާފައިވާކަމީ ހަމަ ގައިމުވެސް ގަބޫލު ކުރަން ޖެހޭ ކަމެކެވެ. އެގޮތުން އެ ދިރާސާތަކުން ސާބިތުކޮށްދީފައިވަނީ ލޯބި ވެރިން އަތުގުޅާލައިގެން ތިބޭ ގޮތަކުން އެ ދެ ހިތުގައިވާ ލޯތްބާއިމެދު ވާހަކަތަކެއް ބުނެދޭ ކަމެވެ.
ހަމަ އެކަނި ކުޑަވައި އިނގިލި އަޅުވާލުން
ދިރާސާތަކުން ދައްކާފައިވާގޮތުގައި ދެ ލޯބިވެރިޔަކު ހިނގާލާފައިދާއިރު ހަމަ އެކަނި ކުޑަވައި އިނގިލި އަޅުވާލައިގެން ތިބޭނަމަ އެކަމުން ބުނެދެނީ އެ ލޯތްބަކީ އަދި އުފެދެމުން އަންނަ ލޯތްބެއްކަމެވެ. ލޯބީގެ ޅަ ދައުރުކަމެވެ. އަދި އެ ދެ ލޯބިވެރިން ތިބީ "ފްލާޓީ" މޫޑެއްގައިކަމެވެ.
އޮޅިގެން ދެ އަތް ޖެހުމުން އަތުގައި ހިފާލުން
ބައިވެރިޔާއާކު ހިނގާލާފައިދާއިރު އޮޅިގެން އަތުގައި ޖެހުމުން، ބައިވެރިޔާ ތިބާގެ އަތުގައި މަޑު މަޑުން ހިފާލާނަމަ އޭގެ މާނައަކީ އެ ބައިވެރިޔާއަކީ ވަރަށް ކެއަރ ކުރާ ބައިވެރިއެއް ކަމުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެއެވެ. އަދި އެ ބައިވެރިޔާއަކީ ލޯބީގެ ގުޅުމާއި އެއްވަރަށް އެކުވެރިކަމުގެ ގުޅުންވެސް ބައިވެރިޔާއާއެކު ދަމަހައްޓާނެ ބައިވެރިއެއް ކަމުގައި ބެލެވެއެވެ.
ބޮޑުވައި އިނގިލި ފިޔަވައި އެހެން ހުރިހާ އިނގިއްޔެއް ހިމެނޭގޮތަށް އަތުގައި ހިފުން
ބޮޑުވައި އިނގިލި ފިޔަވައި އެހެން ހުރިހާ ހިނގިއްޔެއް ހިމެނޭގޮތަށް ދެ ލޯބިވެރިޔަކު އަތުގައި ހިފާލައިގެން ތިބޭނަމަ، އެކަމުން ދައްކުވައިދެނީ ދެ ލޯބިވެރިންގެ މެދުގައި އުފެދިފައިވާ ލޯބީގެ ވަރުގަދަ ކަމާއި ކުރާ އިތުބާރު ކަމަށް ބުނެއެވެ.
އިނގިލިތަކުގެ ތެރެއިން އިނގިލި ގެންގޮސް އަތުގައި ހިފާލުން
އެކަކު އަނެކަކުގެ އިނގިލި ތަކުގެ ތެރެއިން އިނގިލިތައް ގެންގޮސް އަތުގުޅާލައިގެން ތިބޭނަމަ އެކަމުން ދައްކުވައިދެނީ އެ ލޯތްބަކީ އެންމެ ހިމަ ނާރުތައްވެސް އޭގައި ހިއްސާވާ ވަރުގަދަ ލޯތްބެއް ކަމުގައި ބުނެއެވެ.
އަތާއި އަތް މަހާލުން
މިގޮތަށް ގިނައިން ތިބެނީ ލޯބިވެރިންނަށްވުރެ ބޮޑަށް ދެމަފިރިންނެވެ. އަދި ގިނައިން ފެންނާނީ ފިރިމީހާގެ އަތުގެ ތެރެއިން އަނބިމީހާގެ އަތް ގުޅުވާލާ މަންޒަރެވެ. މިކަމުން ދައްކުވައިދެނީ އެކަކު އަނެކަކަށް ބާއްވާ އަޅާލުމާއި ދޭ އެއްބާރުލުމެވެ. ދެމަފިރިން މިގޮތަށް އަތު ގުޅާލައިގެން އުޅޭނަމަ އެކަމަކީ ގުޅުން ބަދަހި ކަމުގެ ރަމްޒެއް ކަމުގައި ބަލައެވެ.
ބައްދާލާ ފަދަ ގޮތަކަށް ފަހަތަށް އަތް ލައްވާލުން
ދެ ލޯބިވެރިޔަކު ހުއްޓިލައިގެން ތިބޭއިރު ބައްދާލާ ފަދަ ގޮތަކަށް ފަހަތުން އަތް މަހާލައިގެން ތިބޭނަމަ އެކަމުން ރަމްޒުކޮށްދެނީ އެ ލޯބީގެ ގުޅުމުގެ ވަރުގަދަ ކަން ކަމުގައި ބުނެއެވެ. އަދި އެ ދެމެދަށް ހުރަހެއް ނެތްކަން އެކަމުން ދައްކުވައިދޭ ކަމަށްވެސް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް