ޓެސްލާއަށްފަހު ދިރާގުން މިއަދު ހުޅުވާލީ ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު

ދިރާގު ކަސްޓަމަރުންނަށް ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެކުންފުނިން ތައާރަފްކޮށްފިއެވެ. ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ...

16 Sep 2024 | 15:34

ދިރާގު ކަސްޓަމަރުންނަށް ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕްރޮމޯޝަންގެ ތަފްސީލް އެކުންފުނިން ވަނީ ހިއްސާކޮށްފައެވެ.

ދިރާގު 'ވިން އަ ސްޕީޑްބޯޓް' ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އައު އަލް ޝާލީ މެރިން ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމުގައި ދިރާގުން މިއަދު ބުންޏެވެ.

ދިރާގުން ބުނެފައިވަނީ އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެ ކަމަށާއި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން މިހާރު ހުޅުވާލާފައިވާކަމަށެވެ.

ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް https://winaboat.dhiraagu.com.mv/  މެދުވެރިކޮށް 16 ޑިސެންބަރު 2024ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރައްވަން ޖެހިވަޑައިގަންނަވާނެކަމުގައިވެސް ދިރާގުން މިއަދު ބުނެފައިވެއެވެ.

"މިދިޔަ އަހަރުގެ ދިރާގު 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބަށް ބަލައި މި ފަހަރު އެއަށްވުރެއް ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން ދާއިރު، އަޅުގަނޑުމެން މިފަހަރު މިދެނީ ކަސްޓަމަރުންނަށް އަލް ޝާލީ މެރިން މަޖެލަން، 32 ލޯންޗާ އެކު ޔަމަހާ އައުޓްބޯޑު ދެ އިންޖީނު ކާމިޔާބު ކުރުމުގެ ފުރުސަތު. މި ހައި ސްޕީޑް ލޯންޗަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް." ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ ޕްރިމިއަމް އަދި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިންކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

ދިރާގުން ބުނެފައިވގޮތުގައި 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވާނެއެވެ. އެގޮތުން އިނާމުގެ ގޮތުގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ވޮޗް، ޑީ.ޖީ.އައި މިނީ 2 އެސްއީ ފްލައި މޯ ކޮމްބޯ، އަދި ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް ފަދަ ހިތްގައިމު އިނާމުތައް ހިމެނެއެވެ. އަދި މި ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/4d1WWvY

ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުނުފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފަރތަށް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް