އަންހެން ދެ ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ރޭގައި ބުނެފައިވާގޮތުގައި މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އުމުރުން 42 އަހަރުގެ ދިވެހި އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް