ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދައި ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި

ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދައި ފޭރުނު މައްސަލައެއްގައި ދެމީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ 2024 ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް...

16 Sep 2024 | 08:20

ގެސްޓް ހައުސްއަކަށް ފިރިހެނަކު ވައްދައި ފޭރުނު މައްސަލައެއްގައި ދެމީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ 2024 ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

މައްސަލައިގެ ތަހުގީގު ނިންމައި، ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް