ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓެއް – ޒުވާނަކު ހޮސްޕިޓަލަށް

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ. ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލަދޭ ބްރިޖް މަތީގ...

16 Sep 2024 | 08:14

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލަދޭ ބްރިޖް މަތީގައިހިނގި މި އެކްސިޑެންޓްގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާ ލިބިފައިވާކަމަށާއި އެ ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދަރުވަމުން އަންނަ ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އެކްސިޑެންޓްވި ލޮރީއަކީ އެޗްޑީސީގެ ވޯޓަރ ޓޭންކަރ ލޮރީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް