އެމެރިކާގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ އެއް ކެނޑިޑޭޓް ކަމަށްވާ ޑޮނާލްޑް ޓްރަމްޕަށް އަނެއްކާވެސް މަރުގެ ހަމަލާއެއް ދޭން މަސައްކަތްކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިފަހަރު މީހަކު ޓްރަމްޕަށް ހަމަލާ ދޭން މަސައްކަތް ކުރީ ޓްރަމްޕް ގޮލްފް ކުޅުމުގައި އުޅުނުވަގުތު ބަލައި ދުރުން ބަޑި ޖަހައިގެންނެވެ.
ޓްރަމްޕަށް އަމާޒުކޮށް ބަޑި ޖެހުމުގެ ކުރިއަށް ސެކިއުރިޓީ ގާޑުންނަށް އެމީހާ ފެނި އެމީހާއާއާއި ދިމާއަށް ހަމަލާދޭން ފެށުމުން އެމީހަކު އެ ސަރަހައްދު ދޫކޮށް ދިޔަ ކަމަށާއި އެހެންނަމަވެސް ފަހުން އަތުލައިގަނެވުނު ކަމަށް އެފްބީއައި އަދި ސީކްރެޓް ސާވިސް އާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.
އަތުލައިގަނެވުނު މީހާގެ އަތުން އޭކޭ47 ގެ ބަޑިއަކާއި ގޯޕްރޯ ކެމެރާއެއް ފެނުނު ކަމަށާއި އަތުލައިގަތް މީހާއަކީ އުމުރުން 58އަހަރުގެ މީހެއް ކަމާއި އަދި އޭނާގެ ނަމަކީ ރްޔާން ވެސްލޭ ރޫތު ކަމުގައިވެސް އެމެރިކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް