ޝީ ޖިންޕިން ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައި ނުގަތީ ކީއްވެ؟

ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-20 ސަމިޓްގައި ބައިވެރިވެވަޑައިނުގެންނެވުމުން، މިއީ ސިޔާސީ ގޮތުންނާއި ސްޓްރެޓެޖިކް ގޮތުން ވެސް ބެއިޖިންއަށް ގެއްލިފައިވާ ފުރުސަތަކަ...

16 Sep 2023 | 17:35

ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-20 ސަމިޓްގައި ބައިވެރިވެވަޑައިނުގެންނެވުމުން، މިއީ ސިޔާސީ ގޮތުންނާއި ސްޓްރެޓެޖިކް ގޮތުން ވެސް ބެއިޖިންއަށް ގެއްލިފައިވާ ފުރުސަތަކަށް ވެގެންދާނެ އެވެ. ސިޔާސީ ގޮތުންނާއި ސްޓްރެޓެޖިކް ގޮތުން ވެސް ނިއު ދިއްލީގައި ބޭއްވި އެއްވުމުގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް، ކާޓޯގްރަފިކް މެނިޕިއުލޭޝަންގެ ޒަރިއްޔާއިން އިންޑޯ-ޕެސިފިކް ސަރަޙައްދު ފުޅާކުރުމަށް ހިތްވަރުދޭ ކޮންމެ ވިސްނުމެއް ފުނޑުފުނޑުކޮށްލުމުގެ މަގު ފަހިވެގެން ދިޔައެވެ.

ޙަޤީޤަތުގައި، ބައިނަލްއަޤްވާމީ ގޮތުން ބާއްވާ ކޮންމެ ބޮޑު އެއްވުމަކުން ލީޑަރުންނަށް، އެކުވެރި ބައިވެރިންނާއި ނުވަތަ އެކުވެރިންނާ އެކު ފަރުދީ ގުޅުން ޤާއިމުކޮށް، ދުނިޔޭގެ ބޮޑެތި މަސްލަހަތުތަކަށް ފެތޭ އާ ޕްރޮގްރާމްތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އަދި ބައިވެރިވާ ޤައުމުތަކުގެ ޑިޕްލޮމެޓިކް ބާރުވެސް އިތުރުވެގެންދެއެވެ.

އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-20 ސަމިޓްގައި ވިސްނުންތެރިކަމާއެކު ބައިވެރިވެވަޑައިނުގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބެއިޖިންގެ ޑިޕްލޮމެޓިކް ބަރުދަނަށް ބުރޫ އެރުމުގެ އިތުރުން އެފްރިކަން ޔޫނިއަން އެ ޖަމާއަތުގައި ހިމެނުނު މި ތާރީހީ ދަނޑިވަޅުގައި ވެސް ބައިވެރިވެވަޑައިނުގެންނެވިފަ އެވެ.

ސަމިޓްގައި ޖީ20ގެ ލީޑަރުން ނެރުއްވި ޖޮއިންޓް ޑެކްލަރޭޝަންގައި ބުނެފައިވަނީ އެފްރިކަން ޔޫނިއަން އަކީ ޖީ20ގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން މަރުހަބާ ކިޔާ ކަމަށާއި އެފްރިކަން ޔޫނިއަން ޖީ20ގައި ހިމެނުމުން އަޅުގަނޑުމެންގެ ޒަމާނުގެ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންޑިއާގެ ރިޔާސަތުގައި ޖީ-20ގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އެފްރިކަން ޔޫނިއަން ހިމެނުމަކީ އެހާ މުހިންމު އަދި ނިންމަންޖެހޭ ކަމެއް ކަމަށް ފެނުނު ސަމިޓަށް ނިއުދިއްލީއަށް ވަޑައިގެންނެވި އެ ގައުމުގެ ޗެއާޕާސަން އަދި ކޮމޮރޯސްގެ ރައީސް އަޒާލީ އަސޫމާނީ ވަނީ އިންޑިއާއަކީ "މިހާރު ޗައިނާއަށް ވުރެ ކުރީގައި އޮތް ސުޕަޕަވާ" އެއްގެ ގޮތުގައި އިންޑިއާ އަށް ތައުރީފު ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް