ޖީމެއިލް އިން ވަނީ ބައްދަލުވުންތައް އަވަސްކޮށް އަދި ފަސޭހަކަމާ އެކު ޝެޑިއުލް ކުރުމަށް އެހީތެރިވުމުގެ ގޮތުން އާ ފީޗާތަކެއް އިތުރުކޮށްފަ އެވެ.
ގޫގުލް ކަލަންޑަރާއި ޖީމެއިލް އިންޓަގްރޭޓްކޮށް، އީމެއިލްގެ ތެރެއިން އިވެންޓްތައް އުފައްދައި، ލިބެން ހުރި ތަކެތި ހިއްސާކުރުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ފަހިކޮށްދީފަ އެވެ.
ޖީމެއިލް ބޭނުންކުރާ މީހުންނަށް އީމެއިލް އެއް ކޮމްޕޯޒް ކުރާއިރު އެންމެ ތިރީ ކަނާތް ފަރާތުގައި ކަލަންޑަރު އައިކަން އެއް މިހާރު ފެންނާނެ އެވެ. ކަލަންޑަރު އައިކަންގައި ދެ އޮޕްޝަނެއް އިންނާނެ އެވެ. އެއީ "އިވެންޓެއް އުފެއްދުން" އަދި "އޮފާ ޓައިމްސް ޔޫ އާ ފްރީ" އެވެ.
ފުރަތަމަ އޮޕްޝަނަކީ އީމެއިލް ސަބްޖެކްޓާއި ލިބޭ ފަރާތްތަކާއި ސަމްރީއާއެކު ގޫގުލް ކަލަންޑަރު އިވެންޓެއް ހެދުމުގެ ފުރުސަތު މިހާރު އޮތް ފީޗާއެކެވެ. ދެވަނަ އޮޕްޝަނަކީ ޖީމެއިލް ދޫނުކޮށް ކަލަންޑަރުން ހުށަހެޅޭ މީޓިންޓައިމްތައް ސެލެކްޓްކޮށް އީމެއިލްގެ ތެރެއަށް ވައްދާލެވޭ އާ ފީޗާއެކެވެ.
މި ފީޗާ ބޭނުން ކުރުމަށް އީމެއިލް އެއް ކޮމްޕޯޒް ކުރާއިރު ނުވަތަ ރިޕްލައި ކުރާއިރު ކަލަންޑަރު އައިކަން އަށް ކްލިކްކޮށް، އެތަނުން "އޮފާ ޓައިމްސް ޔޫ އާ ފްރީ" އިޚްތިޔާރު ކުރަން ޖެހެ އެވެ. ދެން ސައިޑްބާގައި ކަލަންޑަރު ހުޅުވިގެންދާނެއެވެ. އަދި އެތަނުން އެކި ދުވަސްތަކުގައި ތަފާތު ޓައިމް ސްލޮޓްތައް ފާހަގަކޮށް، ލިބޭ ފަރާތާ ހިއްސާ ކުރުމަށް ޑްރެގް ކުރާނީއެވެ.
އަދި އީމެއިލް ލިބޭ ފަރާތަށް ހުށަހެޅޭ ވަގުތުތައް ރިވިއުކޮށް އީމެއިލްއިން އެކަކު އިޚްތިޔާރު ކުރެވޭނެއެވެ. މީގެ ސަބަބުން އެމީހުންގެ ނަމާއި އީމެއިލް އެޑްރެސް ކަށަވަރު ކުރުމަށްފަހު އޮޓޮމެޓިކުން ކަލަންޑަރު ދައުވަތަކާއެކު އީމެއިލް އެއް ފޮނުވާނެ އެވެ.
މި ފީޗާ ޝައުގުވެރިވެ، ޖީމެއިލްގެ އާ މީޓިން-ޝެޑިއުލިން ފީޗާ ބޭނުންކުރާނެ ގޮތް ދަސްކުރަން ބޭނުންވާ ނަމަ، ޖީމެއިލްގެ އާ މީޓިން ޝެޑިއުލިން ފީޗާ ބޭނުންކުރާނެ ގޮތުގެ ސްޓެޕް ބައި ސްޓެޕް ގައިޑެއް މިއޮތީއެވެ.
ޖީމެއިލްގެ އާ މީޓިންޝެޑިއުލިން ފީޗާ ބޭނުންކުރާނެ ގޮތުގެ ސްޓެޕް ބައި ސްޓެޕް ގައިޑެއް:
ސްޓެޕް 1: ޖީމެއިލް އެކައުންޓަށް ސައިން އިންކޮށް ކޮމްޕޯޒް ބަޓަނަށް ކްލިކްކޮށް އާ އީމެއިލްއެއް އުފެއްދުން.
ސްޓެޕް 2: ނިއު މެސެޖް ވިންޑޯގެ ތިރީގައި ވާ ކަލަންޑަރު އައިކަން އަށް ކްލިކްކޮށް، އޮޕްޝަން އޮފަރ ޓައިމްސް ހިލޭ އިޚްތިޔާރުކުރާށެވެ.
ސްޓެޕް 3: ދެން ތިބާގެ ކަލަންޑަރުން އީމެއިލްގެ ކަނާތް ފަރާތުގައި ވާޓިކަލް ޕޭނެއް ހުޅުވޭނެއެވެ. އެމީހަކު މަސައްކަތް ކުރާނެ ވަގުތު ސްލޮޓް ޚިޔާރުކުރާށެވެ. އެއް ދުވަހެއްގައި ގިނަ ސްލޮޓްތަށް ނުވަތަ ތަފާތު ދުވަސްތައް ހިޔާރު ކުރެވިދާނެ އެވެ.
ސްޓެޕް 4: ނެކްސްޓް އަށް ކްލިކްކޮށް މީޓިންގެ ޓައިޓްލް، މީޓިންގެ ދިގުމިން، ލޮކޭޝަން، ޑިސްކްރިޕްޝަން އަދި އެނޫންވެސް އެހެނިހެން ތަފްސީލުތައް ފުރުއްވާލާށެވެ.
ސްޓެޕް 5: އެޑް ޓު އީމެއިލް އަށް ކްލިކްކޮށް، ތިބާ ޚިޔާރުކުރި ޓައިމް ސްލޮޓްތައް މެސެޖާ އެޓޭޗްކޮށް ލިބޭ ފަރާތްތަކަށް ފޮނުވާލާނީއެވެ.
ސްޓެޕް 6: ލިބޭ ފަރާތްތަކުގެ އިންބޮކްސްގައި ވާ އީމެއިލް ލިބުމުން، އެކަން ކަށަވަރު ކުރުމަށް އެފަރާތަކަށް އެންމެ ކަމުދާ ޓައިމް ސްލޮޓަށް ކްލިކް ކުރެވޭނެ އެވެ. އެކަން އެގޮތަށް ކުރުމުން ދެ ކަލަންޑަރުގައި ވެސް މި ހަރަކާތް ފެންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް