ޔާމީން ކޮރަޕްޝަން ހިންގި، މިސަރުކާރުން އިންޑިޔާ ސިފައިން ބައިތިއްބާ: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން ހިންގި ކަމަށާއި، މިސަރުކާރުން އިންޑިޔާ ސިފައިން ބައިތިއްބާ ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅު...

16 Sep 2023 | 12:37

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން ހިންގި ކަމަށާއި، މިސަރުކާރުން އިންޑިޔާ ސިފައިން ބައިތިއްބާ ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން ނިންމި ނިންމުމާމެދު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަތުމަށް ނިންމި ނިންމުމާ މެދު ގާސިމް ވިދާޅުވީ އިނޑިޔާއާއެކު ހަދާފަިއވާ އަސްކަރީ އެއްބަސްވުން ތަކާއި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ތިބުމުގެ އެއްބަސްވުމުގައި ހުރި ވާހަކަތައް ޔަގީން ކުރެވުނު ނަމަ މި ނިންމުން މިފަދައިން ނިންމަން ނުޖެހުނީސް ކަމަށެވެ.

ޕީޕީއެމްގެ ފަހަތަށް ނާރަން ނިންމި ސަބަބާމެދު ގާސިމް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ދައުލަތަށް ވަރަށް ބޮޑަށް ހިޔާނާތްތެރި ވެފައިވާ ކަމަށާއި ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.

"މިހާރުވެސް އެބަ ހިނގާ ދެއްތޯ އެ މައްސަލަތައް ޝަރީއަތުގަވެސް. އެހެންވީމަ އެ ހުރިހާ ކަމެއް ބޮލުގަ އެޅޭއިރު އަޅުގަނޑުގެ ބޮލުގަވެސް އެބަ އެޅޭ. އަޅުގަނޑު ތާއީދު ކޮށްގެން އައި ސަރުކާރުތަކެއް. ރައްޔިތުން އަޅުގަނޑުގެ ބޮލުގަ އެބަ އަޅުވާ" ގާސިމް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބައެއްގެ ފަހަތަށް ނާރަން ނިންމި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ސިޔާސީ މަސައްކަތްތައް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއި އެމްޑީޕީއަށްވެސް ނޫނެކޭ ބުނެ، އެއްވެސް ފަޅިއަކަށް ނާރަން ޖުމްހޫރީ ޕާޓީން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބު ވެވަޑައިގެންނެވި ޖޭޕީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތަ ވޯޓެވެ. އަށް ކެނޑިޑޭޓުން ވާދަ ކުރެއްވި އިރު، އެއީ ފަސް ވަނައެވެ.

(1) Ahmed Nihan on X: “JP Council ge nimmumakeee 2 vana buru gai ehvvves candidate akah thaaeedhu nukurun.” / X (twitter.com)

ދެވަނަ ބުރަކަށް ގޮސްފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެން/ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ދެބޭފުޅުންގެ ފަރާތުންވެސް ވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ. އަދި ކޯލިޝަނަކާ މެދު މަޝްވަރަށް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް