އެމްޑީޕީއާއި ޕީޕީއެމްއަށްވެސް ޖޭޕީން ނޫނެކޭ ބުނެފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއި އެމްޑީޕީއަށްވެސް ނޫނެކޭ ބުނެ، އެއްވެސް ފަޅިއަކަށް ނާރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ. ޖޭޕީއިން މިފަދައިން ނިންމާފައި ވަނީ މިއަދު ބޭއްވި އެ...

16 Sep 2023 | 11:59

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއި އެމްޑީޕީއަށްވެސް ނޫނެކޭ ބުނެ، އެއްވެސް ފަޅިއަކަށް ނާރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

ޖޭޕީއިން މިފަދައިން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބު ވެވަޑައިގެންނެވި ޖޭޕީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތަ ވޯޓެވެ. އަށް ކެނޑިޑޭޓުން ވާދަ ކުރެއްވި އިރު، އެއީ ފަސް ވަނައެވެ.

(1) Ahmed Nihan on X: "JP Council ge nimmumakeee 2 vana buru gai ehvvves candidate akah thaaeedhu nukurun." / X (twitter.com)

ދެވަނަ ބުރަކަށް ގޮސްފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެން/ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ދެބޭފުޅުންގެ ފަރާތުންވެސް ވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ. އަދި ކޯލިޝަނަކާ މެދު މަޝްވަރަށް ކުރައްވާފައެވެ.

މީގެކުރިން ގާސިމް ފާހަގަ ކުރެވިފައި ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް މުހިންމު ބޭފުޅެއްގެ ގޮތުގައެވެ. އަދި މިހާތަނަށް އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ގާސިމް ކޯލިޝަން ހެއްދެވި ބޭފުޅުންނެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބުގައި ގާސިމަށް ލިބުނު ތާއީދު ވަނީ ވަރަށް ކުޑަވެފައެވެ.

ފުރަތަމަ ބުރުން ނާކާމިޔާބު ވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ކޯލިޝަނަކާ ގުޅިވަޑާއިގެންނެވީ އެމްއެންޕީގެ ފަރާތުންނެވެ. އެގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ޕީޕިއެމްއާ ގުޅެން ނިންމައި، ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް