ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ އިންތިޒާމުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސަވައިފިއެވެ.
ފުރަތަމަ ބުރުގައި ޔާމީން ވޯޓު ލައްވާފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ބުރުގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސަވާފައި ވާކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ ފުރަތަމަ ބުރުގައިވެސް ވޯޓްލެއްވުމުގެ ފުރުޞަތު ފަހިވާނެކަމަށް ޔާމީނު އުންމީދު ކުރެއްވި ނަމަވެސް އެއިންތިޒާމް ހަމަ ނުޖެހުމުން ކުރިން ވޯޓު ނުލެވުނީ ކަމަށެވެ.
ނަމަވެސް، ދެވަނަ ބުރުގެ ވޯޓް ލުމުގެ އިންތިޒާމް މިހާރު ވަނީ ފުރިމަ ކުރައްވާފައި ކަމަށް ޖަމީލް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1703009916603261282
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް