ކުޅުދުއްފުށިގައި ލޭބަރ ކުއާޓާއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ކުޅުދުއްފުށި ސިޓީގައި ލޭބަރ ކުއާޓާއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. އެމްއެންޑީއެފްއިން ބުނީ، ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައި އަލިފާން ރޯވެފައި ވާކަމަ...

16 Sep 2023 | 11:38

ކުޅުދުއްފުށި ސިޓީގައި ލޭބަރ ކުއާޓާއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައި އަލިފާން ރޯވެފައި ވާކަމަުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރު 14:35 ހާއިރު ކަމަށެވެ.

އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ކުޅުދުއްފުށި ސިޓީގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާން، ކުޅުދުއްފުށި ސިޓީ ފަޔަރ ސްޓޭޝަނުން ނިއްވާލާފައި ވާއިރު، އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް