އާސާގެ 'ހައިބްރިޑް ބްލެޒަރ' ކަމުދޭތަ؟

މީގެ15 ގަޑިއިރު ކުރިން މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ) އޭނާގެ އިންސްޓަގްރާމުގައި ދޫކޮށްލި ފޮޓޯއާއެކު މުޅި ސޯޝަލް މީޑިޔާގެ ސަމާލުކަން އޭނާއަސް ހުއްޓިއްޖެއެވެ. ކްރޮސްރޯޑްގެ ސައި ލެގޫންގައި...

16 Sep 2023 | 08:14

މީގެ15 ގަޑިއިރު ކުރިން މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ) އޭނާގެ އިންސްޓަގްރާމުގައި ދޫކޮށްލި ފޮޓޯއާއެކު މުޅި ސޯޝަލް މީޑިޔާގެ ސަމާލުކަން އޭނާއަސް ހުއްޓިއްޖެއެވެ.

ކްރޮސްރޯޑްގެ ސައި ލެގޫންގައި ނަގާފައިވާ ފޮޓޯތަކުން ފެންނަނީ 'ހައިބްރިޑް ބްލެޒަރ' އެއް ކަމަށް ޑިޒައިނާ ރަޒީ ބުނެއެވެ. އެއީ ރަޒީ ފަރުމާ ކޮށްފައިވާ ހެދުމެކެވެ.

ހެދުމުގެ މަތީގައި ޖެކެޓެއްހެން އަދި ތިރީބައި 'މާމެޑް' ހެދުމެއްހެން ފަހާފައިވާ އެ ހެދުމުގެ ދެބައި ގުޅުވާފައި ވަނީ ލޭސް ފޮތިންނެވެ.

އެ ހެދުމަށް ކޮމެންޓް ކުރި މިހުން ބުނަނީ، އެ ހެދުމާއެކު އާޝާ ވައްތަރީ ދިވެހިރާއްޖޭގެ އުރުފީ ޖާވިދުއާ ކަމަށެވެ. އެ ފޮޓޯ އެޑިޓް ކުރި މީހަކު ބުނެފައި ވަނީ، އެއީ މިދުވަސްވަރާ ގުޅޭ، އެއްފަޅި އެމްޑީޕީ އަދި އަނެއްފަޅި ޕީޕީއެމް ހެދުމެއް ކަމަށެވެ.

ކޮންމެއަކަސް އެ ހެދުން ކަމުދާ މީހުންނާއި ކަމުދުނާ މީހުން އުޅެއެވެ. މި ހައިބްރިޑް ބްލެޒަރ އާއްމުންގެ ތެރޭގައި މަޝްހޫރުވެސް ވެދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް