ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކާރަކަށާއި ސޯލާ ޕެނަލްތަކަށް ގެއްލުން ވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެކަން ހިނގީ ހައިވޭ ހަތަރު ލޭން އެކުލެވޭ ހިސާބުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލު ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހި އިންސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 07:10 އެހާކަންހާއިރުގައެވެ.
"މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ، އެހެންނަމަވެސް ޓެކްސީއަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް