ޖޮގިން އަށް ނިކުމެ އުޅުނުކަމަށް ބެލެވޭ މީހަކު ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ޖޮގިން އަށް ނިކުމެ އުޅުނުކަމަށް ބެލެވޭ މީހަކު ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 08:02 ހާއިރު ހުޅުމާލޭ އުނިގަސްމަގުގަ...

16 Sep 2023 | 04:58

ޖޮގިން އަށް ނިކުމެ އުޅުނުކަމަށް ބެލެވޭ މީހަކު ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 08:02 ހާއިރު ހުޅުމާލޭ އުނިގަސްމަގުގައި މީހަކު ވެއްޓިފައި އޮތްކަމަށް ރިޕޯޓްކުރުމުން އެޓެންޑްވެ އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލަށް މައުލޫމާތުދިންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"އެމީހާއަކީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވޭ، އެއީ ބިދޭސީ ފިރިހެނެއް ކަމާއި ޖޮގިން އަށް ނިކުމެ އުޅުނު މީހެއް ކަމަށް ބެލެވޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް