ޖޭޕީން މިއަދު ގޮތެއް ނިންމަން ކައުންސިލް ބައްދަލުވުން އެޖެންޑާކޮށްފި

ދެވަނަ ބުރަކަށް އިއްތިހާދުވާނެ ކޮޅެއް ނިންމަން ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފިއެވެ. އެ ޕާޓީގެ ކައުންސިލް ބައްދަލުވުން އެޖެންޑާކޮށްފައިވަނީ މިއަދު މެންދުރު 0...

16 Sep 2023 | 04:54

ދެވަނަ ބުރަކަށް އިއްތިހާދުވާނެ ކޮޅެއް ނިންމަން ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފިއެވެ.

އެ ޕާޓީގެ ކައުންސިލް ބައްދަލުވުން އެޖެންޑާކޮށްފައިވަނީ މިއަދު މެންދުރު 01:00 އަށެވެ.

އެ ޕާޓީން ބުނެފައިވާގޮތުގައި ކައުސިލް ބައްދަލުވުން ކުރިއަށްގެންދަން ނިންމާފައިވަނީ ޖޭޕީގެ މައި އިދާރާ، މ. ކުނޫޒްގައެވެ. މިއީ އެ ޕާޓީގެ 160 ކައުންސިލް ބައްދަލުވުން ކަމުގައިވެސް އެ ޕާޓީން ބުނެފައިވެއެވެ.

ޖޭޕީން މިއަދު ގޮތެއް ނިންމާއިރު އެ ޕާޓީގެ ލީޑަރު ވަނީ ދެވަނަ ބުރުގައި ވާދަކުރާ އެއް ކެންޑިޑޭޓާއި އަދި އަނެއް ކެންޑިޑޭޓްގެ ނެގޯސިއޭޝަން ޓީމާއި ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް 5460 ވޯޓު ލިބިލެއްވިއެވެ. އެއީ ވޯޓުލީ ޖުމްލަ އަދަދުގެ 2.47 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް