ދެވަނަބުރަށް ކުރައްވާ ކެމްޕޭނުގައި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
އެގޮތުން މިއަދު އެ އަތޮޅުތަކަށް ކުރައްވާ ދަތުރު ފައްޓަވާފައިވާއިރު ކެމްޕޭނުގެ މި ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން ޑރ. ޝަހީމް ބައިވެރިވެލައްވައެވެ.
ޑރ. މުއިއްޒު ދެވަނަ ބުރުގެ ކެމްޕޭނުގެ ދެވަނަ ދަތުރުފުޅު މިއަދު ފައްޓަވާފައިވާއިރު ނިމިދިޔަ ހަފްތާގައި މުއިއްޒު ވަނީ އއ. އަދި އދ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް