އެއްގާގަނޑުން ޖަހާ ދެ ދޫނި މަރާލާ ހާމިދުގެ ތާއީދު ޑރ. މުއިއްޒަށް

ދިވެހިންގެ ތެރޭގައި މަޝްހޫރު ފިލްމު ސްޓާރ އެއްގާގަނޑު ޖަހާ ދެ ދޫނި މަރާލާ ހާމިދު (ހާމިދު އަލީ)، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، އެ ޕާޓީއަށް ސޮއިކޮށްފިއެވެ. އ...

15 Sep 2023 | 21:08

ދިވެހިންގެ ތެރޭގައި މަޝްހޫރު ފިލްމު ސްޓާރ އެއްގާގަނޑު ޖަހާ ދެ ދޫނި މަރާލާ ހާމިދު (ހާމިދު އަލީ)، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، އެ ޕާޓީއަށް ސޮއިކޮށްފިއެވެ.

އެ ޕާޓީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ހާމިދުގެ އިތުރުން ގިނަ ބަޔަކު ވަނީ ޑރ. މުއިއްޒުއަށް ތާއިދުކޮށް ޕާޓީއާ ގުޅިގައެވެ.

ބުރާސްފަތިެ ދުވަހު 11 ރަށަށް ކުރި ދަތުރު ނިންމަވާލައްވައި، ޑރ. މުއިއްޒު ވަނީ އިއްޔެ ހަވީރު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވާފައެވެ. އެއަށްފަހު ރޭ މާލޭގައި ޖަލްސާ ބާއްވާފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް