އިންތިހާބުވެއްޖެނަމަ ދިވެހި ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުދެއްވާނެކަމުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ހެދިގޮނޑުދޮށުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް މި ސަރުކާރުން އިހުމާލުވެފައިވާކަމަށާއި އެ ދެ މުއައްސަސާގެ ބޭފުޅުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ބަޔަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ އަގު ދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވާނެ ކަމަށާއި އަދި ބަހާލައިގެން ފަސޭހަ ގޮތަކަށް ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް