ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އިއްތިހާދުގެ މަޝްވަރާތައް ކުރިއަށްދާއިރު ޑިމޮކްރެޓްސްގެ ނިންމުމަކީ ބަރުލަމާނީ ނިޒާމުގެ ވޯޓެއް މި މަހުގެ 25 ގައި ނެގުމަށް ކަމަށާއި އެ ހުށަހެޅުން ދެ ޕާޓީއަށްވެސް ހުށަހަޅާފައިވާނެކަމުގައި ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ މިރޭ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ތަރުޖަމާނު ހަސަން ލަތީފް ވިދާޅުވީ ލިޔުމަކުން އެއްބަސްވުމަކަށް އެގޮތަށް ދާން ޕީޕީއެމްއިން އެއްބަސްނުވާކަމަށާއި ނަމަވެސް އަދި އެމްޑީޕީން އެކަމަށް ދެކޮޅަށް ނުހަދާ ކަމަށެވެ.
ހަސަން ވިދާޅުވީ ރައީސް ބޮޑުތަނުން ބަލިވެއްޖެ ކަމަށާއި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ ޑިމޮކްރެޓްސް ކަމުގައިވާއިރު އެނޫން ވިސްނުމެއް އެ ޕާޓީގައި ނެތް ކަމަށެވެ.
ހަސަން މިހެން ވިދާޅުވެފައިވާއިރު ޑިމޮކްރެޓްސްއިން މިހާރު ވަނީ ނިޒާމީ ވޯޓެއްގެ މައްސަލަ މަޖިލީހުގެ ތަޅުމަށްވެސް ހުށަހަޅާފައެވެ. ބެލެވޭގޮތުގައި އެ މައްސަލައިގެ ބަހުސްތައް މި ފެށޭ ހަފްތާގައި ކުރިއަށްދާނެއެވެ.
ނިޒާމީ ވޯޓެއްގެ ވާހަކަ ޑިމޮކްރެޓްސްއިން ދައްކާއިރު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިލެއްވީ 15839 ވޯޓެވެ. އެއީ ވޯޓުލެވޭ އާބާދީގެ ހަތް އިންސައްތައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް