ބޮޑުތަކުރުފާނު ދިވެހިންނަށް ދިވެހިންގެ ރާއްޖެ ހޯދައިދިންގޮތަށް ދިވެހިރާއްޖެ ދިވެހިންނަށް ހޯދައިދޭނަން: ޑރ. މުއިއްޒު

މީގެ 464 އަހަރު ކުރިން ބޮޑުތަކުރުފާނު ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދާދެއްވިގޮތަށް 30 ސެޕްޓެމްބަރުގައި ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވާނެކަމުގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު ...

15 Sep 2023 | 19:35

މީގެ 464 އަހަރު ކުރިން ބޮޑުތަކުރުފާނު ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދާދެއްވިގޮތަށް 30 ސެޕްޓެމްބަރުގައި ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވާނެކަމުގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިރޭ ހެދިގޮނޑުދޮށުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ގައުމީ ދުވަހާ ދިމާވެފައިވާއިރު އަނެއްކާވެސް މިވަނީ ގައުމީ ވާހަކަ ދައްކަންޖެހިފައި ކަމަށާއި އޭރުގައި ކަނޑިއާއި ބަޑިން އަޅުވެތިކުރި ކުރުން މިހާރު އެހެން ޒާތަކަށް ކުރަން އުޅޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބޭ ވާހަކަ ދެއްކީމާ އެކި ފަހަރު އެކި ގޮތަށް ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި ކޮންމެ ގޮތަކަށްވިޔަސް މިތާނގައި އެހެން ގައުމެއްގެ ސިފައިން ތިބެން ދިވެހިން ބޭނުން ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް