ނޯރާގެ ފަރި ނެށުންތަކާއެކު ޔޯހާނީގެ މަނިކެ، ފިލްމު ތޭންކް ގޯޑަށް

ދިވެހިންގެ މެދުގައިވެސް ވަރަށްބޮޑަށް މަގްބޫލުވެގެންދިޔަ ލަވައެއްކަމުގައިވާ މަނިކޭ މަގޭ ހިތޭ، ބޮލީވުޑް ފިލްމެއް ކަމުގައިވާ ތޭންކް ގޯޑްގައި ހިމަނައިފިއެވެ. އަންނަ މަހުގެ 25ގައި ރިލީޒްކުރުމަށް ތައްޔާރުވަ...

16 Sep 2022 | 15:25

ދިވެހިންގެ މެދުގައިވެސް ވަރަށްބޮޑަށް މަގްބޫލުވެގެންދިޔަ ލަވައެއްކަމުގައިވާ މަނިކޭ މަގޭ ހިތޭ، ބޮލީވުޑް ފިލްމެއް ކަމުގައިވާ ތޭންކް ގޯޑްގައި ހިމަނައިފިއެވެ.

އަންނަ މަހުގެ 25ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ތޭންކް ގޯޑްގައި މި ލަވަ ހިމަނާފައިވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއިވެސް އެކުގައެވެ. އެގޮތުން ހިންދީ ބަހުން ބައެއް ކަޑިތައް ހިމަނާފައިވާއިރު ރާގަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެއެވެ. ނަމަވެސް ލަވައިގެ ޓަޗް ހަމަ އެގޮތުގައި ދަމަހައްޓާފައިވެއެވެ.

ތޭންކް ގޯޑަކީ އަޖޭ ދޭވްގަނާއި ސިއްދާތު މަލްހޯތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގު ލީޑުރޯލުން ފެނިގެންދާ ކޮމެޑީ ފިލްމެކެވެ.

މި ފިލްމުގައި ހިމެނޭ މަނިކޭ މަގޭ ހިތޭގެ ވާސަން ކިޔާފައިވަނީ ޔޯހާނީގެ އިތުރުން ޖުބިން ނޯޓިޔާލް އަދި ސޫރްޔާ ރަގުނާތަނެވެ.

ތޭންކް ގޯޑްގެ މި ލަވައަށް އެކްޓްކޮށްފައިވަނީ ތޭންކް ގޯޑްގެ ބަތޮލު ސިއްދާތުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި ފިލްމީ ތަރި މޮރޮކަން، ކެނޭޑިއަން އެކްޓްރެސް ނޯރާ ފަތޭހީ އެވެ.

https://www.youtube.com/watch?v=_B6T8O15Ohk

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް