އެސްޓީއޯ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ހަރުކޮށް އެ ގުދަނަށް ބޭނުންވާ ކަރަންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްލައިފި
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ގްރީން އިނީޝިއޭޓިވްގެ ދަށުން އެސްޓީއޯގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އެ ގުދަނަށް ބޭނުންވާ ކަރަންޓު އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި އެ ޕެނަލްތައް މެދުވެރިކޮށް އުފައްދަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި މިއީ އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލޮޓް ޕްރޮޖެކްޓެކެވެ.
މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެންހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން އެ ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ސޯލާ އެނާޖީއިން ބޭނުންކުރެވިގެންދާނެކަމުގައި އެސްޓީއޯއިން ބުނެއެވެ.
- ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ: ރިނިއުވަބަލް އެނަރޖީ މޯލްޑިވްސް.
- ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށުނު ތާރީޚް: 17 ޖުލައި 2022
- ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިމުނު ތާރީޚް: 15 ސެޕްޓެމްބާރ 2022
https://twitter.com/stoplc/status/1570768581180411905
މީގެ އިތުރުން އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން މިހާރުވެސް ގުދަނުގައި ބޭނުންކުރެވެމުންދަނީ ތިމާވެއްޓާއި ރައްޓެހި ބެޓްރީ ފޯކްލިފްޓެވެ.
އެސްޓީއޯގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު އުފެއްދުމަށް ރިނިއުއެބަލް އެނާޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ރޭވިފައިވާކަމަށާއި މީގެ އިތުރުންވެސް އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން އެތައް ޕްރޮޖެކްޓެއް ހިންގުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން މައުލޫމާތުދެއްވާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތާނގައި ކާބަން އެމިސަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް