ބަންގްލަދޭޝްގެ ދާކާގެ މައި ބިޒްނަސް ހަބް ކަމުގައިވާ މޮތިޖީލް ފައިނޭންޝަލް ހަބްގައި މޯލްޑިވިއަންގެ ސޭލްސް އެންޑް ރިޒަވޭޝަންސް ކައުންޓަރެއް ހުޅުވައިފިއެވެ.
ބުދަދުވަހު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކައުންޓަރ އިފްތިތާހްކޮށްދެއްވީ މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އިސް ބައެއް ވެރިންވެސް ބައިވެރިވެލެއްވިއެވެ.
މޯލްޑިވިއަންގެ މި ކައުންޓަރ ދާކާގެ ބިޒްނަސް ހަބްގައި ހުޅުވާފައިމިވަނީ ބަންގްލަދޭޝްގެ، މޯލްޑިވިއަން އޭޖެންޓް، ޓީއޭއެސް ގްރޫޕާއި ގުޅިގެންނެވެ. މި ކައުންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ޓީއޭއެސްގެ އިސް ވެރިންވެސް ބައިވެރިވެލެއްވިއެވެ.
މޯލްޑިވިއަން އިން މިވަގުތު ބައިނަލްއަގްވާމީ ދަތުރުތައް ކުރަމުން އަންނަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ދާކާ އަށެވެ.
ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން އަންނަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް