އެޕަލްގެ އެންމެ ފަހުގެ އައިފޯން މޮޑެލް އައިފޯން 14 ފްލެގްޝިޕްގެ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
މިއަދު މެންދުރު 02:00 ގައި ދިރާގުން އައިފޯން 14 ޕްރީ އޯޑަރަށް ހުޅުވާލުމާއެކު ދިރާގުގެ ވެބްސައިޓަށް ބާރުބޮޑުވެ ވެބްސައިޓް ޑައުންވެސް ވިއެވެ.
ދިރާގުން އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްވެސް ހުޅުވާލާފައިވަނީ އިންސްޓޯލްމަންޓް އޮޕްޝަނާއެކުގައެވެ.
އައިފޯން 14 ޕްރޯ އިންސްޓޯލްމަންޓް އޮޕްޝަން
އައިފޯން 14 ޕްރޯ މެކްސް އިންސްޓޯލްމަންޓް އޮޕްޝަން
އިންސްޓޯލްމަންޓް އޮޕްޝަނާއެކު ހުޅުވާލާފައިވާއިރު ޑައުން ޕޭމަންޓް އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދުތައް ކޮންމެ އޮޕްޝަނެއްގައިވެސް ހިމަނާފައިވެއެއެވެ. އަދި ކޮންމެ އޮޕްޝަނަކާއެކުގައިވެސް ފްރީ ޑާޓާ ލިބިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް