އޭވިއަޝަން ސެކިޔުރިޓީ ކޮމާންޑްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ދިއުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ހަމްޖައްސައިފި

މަސައްކަތު ތަޖުރިބާހޯދުމުގެ ދަތުރެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުއައްޒަފުން އިންޑިއާއަށް ދިއުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ހަމަޖައްސައި ދީފިއެވެ. މި ދަތުރުގެ ޓިކެޓް ހަވާލުކުރުމުގެ ރަ...

16 Sep 2022 | 03:45

މަސައްކަތު ތަޖުރިބާހޯދުމުގެ ދަތުރެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުއައްޒަފުން އިންޑިއާއަށް ދިއުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ހަމަޖައްސައި ދީފިއެވެ. މި ދަތުރުގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ތިކެޓް ހަވާލު ކޮއްދެއްވީ އިންޑިޢާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލަންސީ މުނޫ މަހާވަރު އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ފަރާތުން ޓިކެޓްއާއި ހަވާލުވެ ވަޑައިގެންނެވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޑައިރެކްޓަރ އޮފް އޭވިއޭޝަން ސެކިއުރިޓީ އަލްފާޞިލް އަލީ އަސްގަރު އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވާހަކަ ފުޅުގައި މި ސްޓަޑީ ޓުއަރ އަކީ މި ބާވަތުގެ ޕްރޮގްރާމް ތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ފުރަތަމަ ފުރުސަތު ކަމުގައި ދެންނެވިއެވެ. އަދި މިއީ މިފަދަ އެތައް ޕްރޮގްރާމް ތަކެއްގެ ފެށުން ކަމުގައިވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ ކުރިންވެސް އިންޑިއާ ސަރުކާރުން ވަނީ އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި  ކޯސް ތަކެއް ރާއްޖެއަށް ހޯދައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް ހަސަން ޒަމީލު ގެ ވާހަކަފުޅު ދެއްކެވުމުގައި މި ޕްރޮގްރާމްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެންމެހާ ބައިވެރިންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މިދަތުރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމުގެ ގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ފަންޑުކޮށް ހަމަޖައްސައި ދެއްވާފައިވާ ދަތުރެކެވެ. މި ދަތުރަކީ 5 ދުވަހުގެ ދަތުރެކެވެ. މި ދަތުރުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް