އުރީދޫއިން އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް، ޕްރީ އޯޑަރަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން، އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއިއެކު އުފައްދައިފާވައި އައިފޯން ލައިންއަޕް - އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރއ...

15 Sep 2022 | 19:20

އުރީދޫ މޯލްޑިވްސް އިން، އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއިއެކު އުފައްދައިފާވައި އައިފޯން ލައިންއަޕް - އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި 6 ސެޕްޓެންބަރު 2022 އިން ފެށިގެން އައިފޯން ގެ ދެ މޮޑެލް އަށްވެސް މޫލީ މެދުވެރިކޮށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ޕްރީ އޯޑަރ ކަސްޓަމަރުންނަށް، އޯޑަރ ކުރައްވާ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް 23 ސެޕްޓެމްބަރ 2022 އިން ފެށިގެން ލިބެމުންދާނެ ކަމުގައި އުރީދޫއިން ބުނެއެވެ.

އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯއްދެއްވުމަށް އަދި ޕްރީއޯޑަރ ކޮށްލުމަށް   http://ore.do/iphoneޒިޔާރާތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް