ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ފުލުސްމީހާ ހައްޔަރު ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ފުލުސްމީހާ މިރޭ ހައްޔަރުކޮށްފިއެވެ. މީޑިއާތަަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅިގެން 34 އަހަރުގެ ފިރިހެނެއް މި...

16 Sep 2021 | 18:31

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ފުލުސްމީހާ މިރޭ ހައްޔަރުކޮށްފިއެވެ.

މީޑިއާތަަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅިގެން 34 އަހަރުގެ ފިރިހެނެއް މިރޭ 11:09ހާއިރު ހައްޔަރުކޮށްފައިވާކަމަށެވެ.

"މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްސަނާއި އައްޑޫ ސިޓީ ޕޮލިހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލައިގާ ތުހުމަތު ކުރެވޭ ފުލުސް މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގާ މިއަދު މުޒާހަރާވެސް ކޮށްފައިވެއެވެ. މުޒާހަރާކޮށްފައިވަނީ ފުލުސް އެމީހާ ހައްޔަރު ނުކުރާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް