ދިރާގު ސަޅި ޕްރީޕެއިޑްގެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި - ކިހާ ސަޅި ދޯ

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން މިހާރު ކުރިއަށް ދާ ޕްރޮމޯޝަން 14 އޮކްޓޯބަރ 2021 އާ ހަމައަށް އިތުރު ކޮށްފިއެވެ. މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖ...

16 Sep 2021 | 16:13

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން މިހާރު ކުރިއަށް ދާ ޕްރޮމޯޝަން 14 އޮކްޓޯބަރ 2021 އާ ހަމައަށް އިތުރު ކޮށްފިއެވެ.

މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖަކުންވެސް ދުވާލަކު 2 ޖީބީ ޑޭޓާ ލިބުމުގެ އިތުރުން ސޯޝަލް މީޑިއާ ޑޭޓާގެ އަދަދު 5 ގުނަ އިތުރަށް ލިބިގެން ދާނެއެވެ.

ޕްރޮމޯޝަން ދުވަސްކޮޅު، ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ވީކްލީ، ސަޅި 2 ވީކްސް އަދި ސަޅި މަންތްލީ ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާގެ އިތުރުން އިތުރު ސޯޝަލް މީޑިއާ ޑޭޓާ އެ މުއްދަތައް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުންވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުންވަރަކަށް ގުޅާލެވޭނެ އެވެ. އަދި ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެ އެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

Dhiraagu Salhi Prepaid Promotional Offer

SALHI WEEKLY SALHI TWO WEEKS   SALHI MONTHLY
Data Allowance 2 GB daily* 2 GB daily* 2 GB daily*
Calls to Dhiraagu Numbers Unlimited Unlimited Unlimited
Social Media Data 7 GB 14 GB 30 GB
Total Data 21 GB 42 GB 90 GB
Validity 7 days 14 days 30 Days
Price MVR 145 MVR 225 MVR 445

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް