ކުނި އުކުމަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ނިންމާފައިވަނީ މި މަހުގެ ނިޔަލަށް ކަމަށެވެ. އަދި މިގޮތަށް ނިންމީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު ކަމަށެވެ.
އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ގޭބީސީތަކުގެ ކުނިތައް އުކުން މި ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެކަން ކުރިން ވަނީ އިޢުލާން ކޮށްފަ އެވެ.
އެގޮތުގެ މަތީން ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުގެ ކުނިތައް އުކުން އިއްޔެއިން ފެށިގެން ވަނީ ހުއްޓާލާފަ އެވެ. އަދި އެކަމުގެ ސަބަބުން މަގު ތަކުގައި ގިނަ އަދަދަކަށް ކުނި ވަނީ ޖަމާވެފަ އެވެ.
މިކަމާއިގުޅިގެން އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ މުއްދަތު އިތުރު ކުރީ ގަސްތުގައި ނަމަވެސް ރަޖިސްޓްރީ ނުކޮށް ތިބި ގޭބިސީތަކަށް ވެސް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.
ވެމްކޯ އިން މީގެކުރިން ކޮންމެ ގޭބީސީއަކުން ވަކިން ކުނި ނަގާ، އެކަން ވަރަށް ރަނގަޅަށް އައީ މޮނިޓަރ ކުރަމުން ނެވެ. އެހެންނަމަވެސް ކޮވިޑް-19އާ ގުޅިގެން މަގުމައްޗަށް ކުނި ނެރެން ޖެހުމުން މޮނިޓަރ ކުރުމަށް އެ ކުންފުންޏަށް ވަނީދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެކަމުގެ ފައިދާ ނަގާ، ގިނަ ބަޔަކު ފީ ނުދައްކާ ދިޔައީ ކުނި އުކާލަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް