މާފަންނު ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިރޭ8:30 ހާއިރު ކަމަށެވެ. ތެޔޮ ޖަމާވެފައިވަނީ އައިޖީއެމްއެޗާއިވީ ފަޅިއަށެވެ.
ތެޔޮތައް ހުސްކޮށް އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުންގެ ޔުނިޓުން ދަނީ ކުރަމުންނެވެ.
އެ ސަރަހައްދުން ތެޔޮ ފެނުމާއި އެކު ހަވީރު އެ ސަރަހައްދަށް މޫދަށް އެރި ތިބި މީހުން ފުލުހުން ވަނީ އަރުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް