ގދ. ތިނަދޫއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެ ރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މަރުވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހަ މަރުވީ މިއަދު ހަވީރު 4:52 ހާއިރު އެވެ.
މަރުވިއިރު އެމީހާއަށް ފަރުވަ ދެމުންދިޔައީ ތިނަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
މިއީ އެ ރަށު ފެސިލިޓީގައި ފަރުވާ ދެނިކޮށް މަރުވި ހަތަރު ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑްގައި މަރުވި 228 ވަނަ މީހާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް