‏ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފި

‏ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ ދެވަނަ ފިވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ. މި މަސައްކަތް ކުރާ ކުންފުނި އާރްޑީސީ އިން ބުނީ ‏ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސަ...

16 Sep 2021 | 10:50

‏ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ ދެވަނަ ފިވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

މި މަސައްކަތް ކުރާ ކުންފުނި އާރްޑީސީ އިން ބުނީ ‏ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތްތައް ފެށުމަށްޓަކާ މަސައްކަތަށް ބޭނުންވާ ސާމާނު ތައްޔާރު ކުރުމަށް ސައިޓްގެ މަސައްކަތުގެ %85 މިހާރު ނިމިފައިވާ ކަމަށެވެ.

https://twitter.com/rdcmaldives/status/1438450819809038338?s=30

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގައި ސޮއިކޮށްފައިވަނީ 25 ފެބްރުއަރީ 2021 ގަ އެވެ.

އެއް މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެއްބަސްވުމުގައ ސޮއިކުރާތާ 510 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2ގެ ދަށުން 24 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު، ޖުމްލަ 37633.90 މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ މަގުތަކުގައި ސައިޑްވޯކް ހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ވަނީ މި މަޝްރޫއުގެ ފޭސް އެކެއްގެ މަސައްކަތްތައް ނިމިފަ އެވެ.

މިމަޝްރޫއުގެ ފޭސް 1 ގައި ޖުމްލަ 13 މަގެއް ކުރިން ވަނީ ހަދާ ނިމިފަ އެވެ. އަދި ފޭސް 2 ގެ މަސައްކަތްތަކުގެ ތެރެއިން ފޭސް 1 ގައި މަސައްކަތް ކުރި މަގުތަކުގައި، މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ޒިބްރާކްރޮސް އެޅުމުގެ މަސައްކަތް ފޭސް 2 ގެ ތެރެއިން ކުރިއަށް ދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް