އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދަލު ކުރަން ނިންމާފައިވާކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާގޮތުގައި އާ ސަފީރުގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވަނީ މުނޫ މަހާވަރެވެ. އޭނާ މިވަގުތު ހުންނެވީ އިންޑިއާއިން އޮމާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި އެވެ.
މުނޫ އިންޑިއާގެ ފޮރިން ސާވިސް އާއި ގުޅިވަޑައިގެންނެވީ 1996 ވަނަ އަހަރު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މުނޫ ވަރަށް އަވަހަށް މަގާމާއި ހަވާލުވެވަޑައިގެން ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އެކަމަކު އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
އިންޑިއާގެ ސަފީރަކަށް މިހާރު ހުންނަވަނީ، ސަންޖޭ ސުދީރެވެ. އޭނާ މަގާމާއި ހަވާލުވެވަޑައިގެންނެވީ ފަހެއް މާޗް 2019 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް