ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާގައި ގޭގަ ހުންނަވައި ބައިވެރިވި މައްސަލަ ފިޔަވަޅު އަޅައިފި އެވެ.
އެދުވަހު ބޭއްވި އެއްވުން ޕީޕީއެމް ދޮރުމަތިން ފަށައިގެން ކުރިޔަށް ދަނިކޮށް ފުލުހުން ކާނިވާ އާއި ހިސާބުން ހުއްޓުވުމުން އެއްވުމުގެ ބައިވެރިން އެނބުރި ގޮސް ތިބީ ރައީސް ޔާމިން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި އެވެ. އެވަގުތު ޔާމީން ވަނީ ކުޑަދޮރުން ބޯދިއްކުރައްވާ ބައިވެރިންނަށް ހިނިތުންވުމާއި އެކު ހަތް ހޫރުވައި، ދިވެހި ދިދަ އަކާއި ޕިޕީއެމް ދިދައެއްވެސް ހުރުވާފަ އެވެ.
މި މައްސަލައިގަ ހަމަ އެދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅުވަނީ ޔާމީން އަމަލުކުރެއްވީ ގޭ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރެކްޝަންސްއިން މިއަދު މީޑިއާގައި ބުނީ އެ މައްސަލައިގަ ޔާމީނަށް އިއްޔެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތް ދީފަ ވާނެ ކަމަށް ބުނެފައިވެ އެވެ.
ޔާމީން ގޭ ބަންދަށް ބަދަލު ކުރީ ޖަލުތަކުގައި ކޯވިޑް ފެތުރެން ފެށުމުން ކަމަށް ބުނެ އެވެ. އެކަމަކު މިހާރު އެއްވެސް ޖަލެއްގެ ކޮންޓްރޯލެއް ނެތި ކޯވިޑް ފެތުރެމުން ނުދާއިރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމާއި މެދު ކަރެކްޝަންސްއިން އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް