މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސްގެ މަގާމަށް އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފި އެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އެމްއާރްއެމް ގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އިރު، އެ ޕާޓީގެ ޒައީމްގެ މަގާމަށް، ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ކުރިމަތިލައްވާފަ އެވެ.
އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހު ހުޅުވާލި އިރު، މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކަށް ނިންމާފައިވަނީ މިއަދެވެ.
އެމްއާރުއެމް އުފެދުނީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކެއްގެ ޝަރީއަތް ރައީސް މައުމޫނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުން ނެވެ.
އެ ޕާޓީ ދޫކޮށްލަން ފާރިސް މައުމޫނަށް ޖެހިވަޑައިގަތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް