ރިޝްމީއަށް ފިލްމީ ދާއިރާއިން އަނެއްކާވެސް ބައިނަލްއަގުވާމީ އެވޯޑެއް!

ދިވެހި ފިލްމީ ބަތަލާ އައިޝަތު ރިޝްމީ ރަމީޒަށް ފިލްމީ ދާއިރާއިން ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ. އޭނާއަށް ލިބިފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ފިލްމް ފޯރަމް އާއި ޗޭމްބާ މީޑިއާ އެންޑް އެނ...

16 Sep 2021 | 05:42

ދިވެހި ފިލްމީ ބަތަލާ އައިޝަތު ރިޝްމީ ރަމީޒަށް ފިލްމީ ދާއިރާއިން ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އޭނާއަށް ލިބިފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ފިލްމް ފޯރަމް އާއި ޗޭމްބާ މީޑިއާ އެންޑް އެންޓަޓެއިންމެންޓް އިންޑަސްޓްރީއިން ގުޅިގެން ކުރިޔަށް ގެންދިޔަ 5 ވަނަ ޑރ. ސަރޮޖިނީ ނައިދު 'ދަ ނައިޓްއިންގޭލް އޮފް އިންޑިއާ އިންޓަނޭޝަނަލް އެވާޑް ފޯ ވޯކިންގް ވިމެން 2021' އެވޯޑެވެ.

އެވޯޑު ލިބުމުން ރިޝްމީ އިންސްޓަގްރާމްގައި ބުނެފައިވަނީ މި ކާމިޔާބީ ހާސިލް ކުރުމުގައި އޭނާއަށް އެންމެ އިސްކޮށް އެހީތެރިވެދީފައިވަނީ ތިން ފަރާތަކުން ކަމަށެވެ. އެއީ ފިރިމީހާ އަދި އެކްޓަރު ރަވީ ފާރޫގައި އެ ފުރުސަތު ހޯދައިދިން މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގް އާޓްސްގެ އިތުރުން މި ފުރުސަތު ރިޝްމީއަށް ދިން މުހައްމަދު ރަޝީދު (ދަރާބެ)އެވެ.

ހުނަރުވެރި ރިޝްމީއަށް މި އެވޯޑު ލިބިފައިވަނި ދުނިޔޭގެ އެކި ހިސާބުތަކުން ބައިވެރިވި 7،000 ކެނޑިޑޭޓުންނާއި ވާދަކޮށް، ގަދަ 100 މީހުންގެ ތެރޭގައި ހިމެނިގެންނެވެ.

https://www.instagram.com/p/CT2O15UFCVf/

މިއީ ރިޝްމީއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބުނު ދެވަނަ ފަހަރެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑްވެސް ހޯދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް