ޗައިނާގެ އިރުމަތީގައި އޮންނަ ފުޖިއަން ޕްރޮވިންސްގެ އަވަށެއް ވަނީ މި ދިޔަ އާދިއްތަ ދިވަހު ކޮވިޑް 19 ގެ ނުރައްކާ ބޮޑު ހިސާބެއް ކަމުގައި ކަނޑައަޅާފައެވެ. ސެޕްޓެމްބަރ 10 ވަނަ ދުވަހުން ފެށިގެން ކޮވިޑް 19 އަށް ފައްސި ވެފައިވާ 21 މީހުން ވަނީ އެ އަވަށުން ފެނިފައެވެ. މި އެންމެންނަކީ ވެސް އަވަށުގެ ތެރެއިން ބައްޔަށް ހުށަހެޅިފައިވާ މީހުންނެވެ.
މި ޕްރޯވިންސްގެ ސިއްހީ ކޮމިޝަން އާއި ހަވާލާދީ އެނގިފައިވާ ގޮތުން އިތުރު 21 މީހަކު ވަނީ ބަލީގެ އަލާމާތެއް ނުފެނި ބައްޔަށް ފައްސި ވެފައި ވުމުގެ ސަބަބުން ސިއްހީ ބެލިމުގެ ދަށުގައެވެ.
ޒިޔަންޔޫ ގެ ކޮވިޑް 19 އިޖާބައަށް ތައްޔާރު ވެފައިވާ މަރުކަޒުން ދަނީ އެ ރަށުގެ ރައްޔިތުންނަށް ގޭގައި މަސައްކަތް ކުރުމަށާއި، ބޭރުގައި އުޅޭވަގުތު އަދި އާންމު ދަތުރުފަރުތު ތަކުގައި މާސްކް އެޅުމަށް އިލްތިމާސް ކުރަމުންނެވެ. ގިނަ މީހުން އެއްވެ އުޅުން މަނާ ކުރުމުގެ އިތުރުން ދާރުލްއާސާރު އަދި ފިލްމް ތިއޭޓަރ ތަށް ވަނީ ބަންދު ކުރެވިފައެވެ.
މީގެ އިތުރުން، ވިޔަފާރި ކުރާ ތަންތަނާއި މުހިންމު ހިދުމަތްދޭ ތަންތަނަށް މީހުން ވަދެ ނިކުމެ އުޅޭ މިންވަރު ހިފެހެއްޓުމަށް ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސް ކޮއްފައެވެ.
މި ޕްރޮވިންސްގެ ވެރިކަން ބަލަހައްޓާ ޕުޓިއަން ސަރުކާރާއި ހަވާލާދީ ބުނެފައިވާ ރިޕޯޓް ތަކުން ފެންނަ ގޮތުގައި މި ފަހަރު ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ 19 މީހުންގެ ގައިން ފެނިފައިވަނީ މިހާތަނަށް ފެނުން އެންމެ ފަސޭހައިން ފެތުރޭ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް