ހަނިމާދޫ ބަނދަރުގައި ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރުގައި ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި އެވެ. މި މަޝްރޫޢު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖ...

16 Sep 2021 | 04:45

ހދ. ހަނިމާދޫ ބަނދަރުގައި ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފި އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަތައް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވަނީ 14 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި 31,575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.

މިއީ 57.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް