ހެއިޓީގެ ރައީސް އަވާހަކޮށްލުމުގަ ބައިވެރިވިކަމުގެ ތުހުމަތު އާ ބޮޑުވަޒީރަށް

ހެއިޓީގެ ރައީސް ޖޮވެނެލް މޮޮއިސްގެ ގަޔަށް ބަޑިޖަހައި އަވަހާރަ ކޮށްލުމާއި މިހާރުގެ ބޮޑުވަޒީރު އެރިއަލް ހެންޑްރީ އާއި ގުޅުމެއް ވާ ކަމަށް ތުހުމަތުކޮށްފި އެވެ. ޖޮވެނެލް އަވަހާރަ ކޮށްލީ ހެއިޓީގެ ވެރިރަށް ޕ...

16 Sep 2021 | 04:30

ހެއިޓީގެ ރައީސް ޖޮވެނެލް މޮޮއިސްގެ ގަޔަށް ބަޑިޖަހައި އަވަހާރަ ކޮށްލުމާއި މިހާރުގެ ބޮޑުވަޒީރު އެރިއަލް ހެންޑްރީ އާއި ގުޅުމެއް ވާ ކަމަށް ތުހުމަތުކޮށްފި އެވެ.

ޖޮވެނެލް އަވަހާރަ ކޮށްލީ ހެއިޓީގެ ވެރިރަށް ޕޯޓްއޯ ޕްރިންސްގައި ހުންނަ ގެކޮޅުގައި ހުންނަވަނިކޮށް ބަޑިން ހަމަލާދީ މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ. މަރުގެ ހަގީގަތް ހޯދުމަށް ހެއިޓީ ސަރުކާރުން އެމެރިކާގެ އެހީގައި ބޮޑުތަހުގީގެއް ހިންގަމުން ދާއިރު ހަމަލާ ދިނުގައި ބައިވެރިވި އެންމެން ހެން ވަނީ ހައްޔަރުކޮށްފައި އެވެ.

ހެއިޓީ ފުލުހުންގެ ހައްޔަރުގައި ހަމަލާ ދިނުމުގައި ބައިވެރިވި 44 މީހުން ތިބި ކަމަށް ބުނެފައިވެ އެވެ. އެ އެންމެންނަކީ ބިދޭސީން ކަމަށްވާއިރު މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި ހަމަލާ ދިން މީހުންނަކީ ހެއިޓީއަށް ގޮސް ފައިސާއަށް އެކަން ކުރި ބައެކެވެ.

އޭގެ އެންމެ މުގުލުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަމުން ދާއިރު މި ހަފްތާ ތެރޭގައި އެ ގައުމުގެ ޗީފް ޕްރޮސެކިއުޓާ ވަނީ އޭގެ ތެރެއިން އެކަކާއި ބޮޑުވަޒީރު ހެންޑްރީ އާއި ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ލިޔުމުން ޖަވާބުދާރީވާން ބޮޑުވަޒީރަށް މިހާރު ވަނީ އަންގާފަ އެވެ.

ޗީފް ޕްރޮސެކިއުޓާ ވިދާޅުވެފައިވަނީ މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މީހަކާއި އެ ދުވަހު ރައީސް ޖޮވެނެލް އަހަވާރަ ކޮށްލިތާ ގަޑިއިރެހާއިރު ފަހުން މިހާރުގެ ބޮޑުވަޒީރު ފޯނުން މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ. ލިޔުމުން ޖަވާބުދާރީވާން އަންގާފައިވަނީ ދެކެވުނު ވާހަކަތަކާއި އެ މީހުންނާއި އޮތް ގުޅުމެވެ.

މި މައްސަލައިގަ ބޮޑުވަޒީރު ހެންޑްރީ ވަނީ އޭނާއަށް ކޮށްފައިވަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެ ޗީފް ޕްރޮސެކިއުޓަރު މަގާމުން ވަކިކޮށްފަ އެވެ. އަދި އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުގައި ހެއިޓީގެ ގާނޫނު ބުނާގޮތަށް ބޮޑުވަޒީރުގެ އެ ނިންމުން ތަންފީޒު ކުރެވޭނެ ކަމެއް އަދި ނޭނގެ އެވެ.

ހެންޑްރީ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޖޮވެނެލް އަވަހާރަ ކޮށްލިތާ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. އެއީ ވަގުތީ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް