ޗެމްޕިއަންސް ލީގު: ފަހު ވަގުތު ރޮޑްރީގޯ ކާމިޔާބު ކޮށްދިން ލަނޑުން ރެއާލް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ އިންޓަމިލާނާއި ދެކޮޅަށް ކުޅުނު މެޗުން މޮޅެއް ހޯދާ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ރަށުން ބޭރުގައި އިޓަލީގެ ޗެމްޕިއަން އިންޓަ...

16 Sep 2021 | 03:39

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ އިންޓަމިލާނާއި ދެކޮޅަށް ކުޅުނު މެޗުން މޮޅެއް ހޯދާ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ރަށުން ބޭރުގައި އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާންގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް އާދައިގެ ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮވެ އެއްވަރުވެގެންނެވެ. ނަމަވެސް މި ހާފުގައިވެސް ގިނަ ހަމަލާތައް އުފައްދާފައިވަނީ އިންޓަމިލާނުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން އެއްވަރެއްގައި އޮވެ ނިމުނުއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް މެޗުގެ 89 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން އެޓީމު މޮޅުވި ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ރޮޑްރިގޯ އެވެ.  ރޮޑްރިގޯ މި ލަނޑު ރެއާލްއަށް ޖަހައިދިނީ އެޑުއާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ގުރޫޕް ޑީގައި ހިމެނޭ ރެއާލް އަދި އިންޓަ މިލާން ބައްދަލުކުރި މި މެޗުން ރެއާލް މޮޅުވިއިރު، މި ގުރޫޕުގައި ހިމެނޭ އެފްސީ ޝެރިފްއާއި ސަޚްތާ ޑޮނެސްކުވެސް ވަނީ ރޭ ބައްދަލުކޮށްފައެވެ. މި މެޗު 0-2 އިން ކާމިޔާބު ކޮށްފައިވަނީ ޝެރިފްއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް